ދާދި ފަހުން އިޒްރޭލުން ޣައްޒާގެ ވޯލްޑް ސެންޓްރަލް ކިޗަންގެ ގާފިލާއަށް ދިން ވައިގެ ހަމަލާގައި އެކި ގައުމުތަކުގެ އެހީދޭ ހަތް މަސައްކަތްތެރިން ޝަހީދުކޮށްލި ހިތާމަވެރި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެހީދޭ ފަރާތްތަކަށް ހަމަލާ އަމާޒުކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ވަރަށް ބޮޑަށް ހިލާފު ކަމެއް ކަމަށާއި އެކަން ކުރާ ފަރާތްތައް ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.

ޣައްޒާއަށް ހުއްޓުމެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށާއި، ހަމަނުޖެހުން ހިނގަމުންދާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި ވޯލްޑް ސެންޓްރަލް ކިޗަންއަށާއި ޝަހީދުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަރުކާރުން ވަނީ ތައުޒިޔާ ފޮނުވައި، ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން