މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހުމަދު އަޝްފާން ހަމަޖައްސަވައިފިއެވެ.

އަޝްފާނަށް މަރުހަބާ ކިޔައި އިމިގްރޭޝަނުން ކުރި އެކްސްއެއްގައި ބުނެފައިވަނީ އޭނާ އަކީ އިދާރާގެ އޮފިސަރެއްގެ ގޮތުގައި 18 އަހަރު ހޭދަކުރަށްވާފައިވާ ބޭފުޅެއް ކަމަށާއި މުސްތަގްބަލުގައި އޭނާއަށް އިތުރު ކުރިއެރުމަށް އެދޭ ކަމަށެވެ.

އަޝްފާނަކީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް، އަލީ އަޝްފާގްގެ ބޭބެއެެވެ. އަޝްފާން ވެސް ފުޓްބޯޅައިގައި ތަފާތު އެކި ކްލަބުތަކަށް ކުޅެފައިވާއިރު ގައުމީ ޓީމުގައި ވެސް އޭނާ ހިމެނުނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން