ކޯވިޑް-19 އާއި ގުޅިގެން ގައުމު ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން ސަކާމަތް ކުރުމަށްޓަކާ ފަތުވެރިކަމުގެ ދާއިރާ ހިނގާނޭ ގޮތަކަށް ކަންކަން ހަމަޖެއްސުމަށްޓަކައި ކޯލިޝަން ތެރޭގައި ގުރުއަތެއް ލައިގެންވެސް ފަތުރުވެރިކަމާބެހޭ ދާއިރާއަށް ވަޒީރަކު އައްޔަން ކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފުރާ ޓޫރިސްޓުން ޕީސީއާރު ޓެސްޓް ނުހެދޭތީ، ނުފުރިގެން ޝަކުވާ ބޮޑުވެ މިދުވަސްވަރު ހަމަޖައްސަންޖެހޭ އަސާސީ އިންތިޒާމުތައް ހަމަނުޖެހޭތީ ކަންބޮޑުވުން ފާޅުކުރައްވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމަށްޓަކައި ފަތުވެރިކަން ހިނގާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަންޖެހޭކަމަށެވެ. އަސާސީ ގޮތުން ފަތުރުވެރިންނަށް ބޭނުންވާ ކަންކަމާއި ކޯވިޑްގެ ހާލަތުގައި ފަތުރުވެރިން ގެންނައިރު ވެފައިވާ ވައުދުތައް ތަންފީޒު ނުވާތީ ސައީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"ޓުވަރިސްޓުންނަށް ބޯޑަރ ހުޅުވާލިއިރު އަސާސީ ގިނަ އިންތިޒާމުތައް މިވަނީ ހަމަނުޖެހި. ކޯލިޝަން ތެރޭ ގުރުއަތުލައިގެންވެސް ޓުވަރިޒަމް މިނިސްޓަރަކު އައްޔަންކުރައްވާ. ރާއްޖޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް." ސައީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިކަމުގެ ވިޔަފާރި ފަށާފައިވާއިރު ސަރުކާރުން ބުނީ އެއާޕޯޓުގައި ކޯވިޑަށް ޓެސްޓް ހެދޭނެ ވަސީލަތް ގާއިމް ކުރާނެ ކަމަށެވެ. އަދި އެ ވަސީލަތް ގާއިމް ކޮށްދެނީ ޗައިނާ އިން ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ. ނަމަވެސް މި އަދާ ހަމަ އަށްވެސް މިކަން ފުރިހަމަވެފައެއް ނުވެ އެވެ.
މީގެސަބަބުން ބައެއް ރިސޯޓްތަކަށް މައްސަލަތައް ކުރިމަތިވެ ބައެއް ރިސޯޓްތަކަށް އަންނަ ފަތުވެރިން ޓެސްޓު ނުހެދިގެން ބައެއް މީޑިޔާތަކަށް ވަނީ މައުލޫމާތުވެސް ދީފައެވެ. އެގޮތުން ނ.އަތޮޅުގައި ހިންގާ ރިސޯޓަކަށްވެސް މިމައްސަލަ މެދުވެރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެރިސޯޓުގެ އިސް މަޤާމެއްގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވެފައިވަނީ ޕީސީއާރު ޓެސްޓު ހެއްދެނީ އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލުން ކަމުގައެވެ. ނަމަވެސް އެ ދެ ތަނުންވެސް މިހާރު ޓެސްޓު ނުހެދޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން އަދި ސަރުކާރުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ރާއްޖޭގައި ފަތުރުވެރިކަން އަލުން ފެށުމަށް ލިބިފައިމިވާ ފުރުސަތުގައި މިފަދަ ކަންކަން އަތުން ދޫވެގެން ދިއުމުން ކުރިއަށް އޮތްތަނުގައި ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު