އަހުޒަމް އަޙްމަދު   4 އޭޕްރީލު 2024 - 12:43
އއ. ތޮއްޑޫ އަށް ސީޕްލޭންގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލުން ބުނީ ސީޕްލޭންގެ ހިދުމަތް ފަށަން މޯލްޑިވިއަންގެ ސާވޭ ޓީމެއް އެ ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ސީޕްލޭން ޕްލެޓްފޯމް އަޅަން ކުރަން ޖެހޭ ސާވޭވެސް ކޮށްފައިވާ ކަމަށެވެ.

ތޮއްޑޫއަށް ސީޕްލޭންގެ ހިދުމަތް ފަށާއިރު އެ ރަށަކީ މިހާރުވެސް ގެސްޓު ހައުސް ފަތުރުވެރިކަމުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.

އެ ރަށަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު މިހާރު ފަތުރުވެރިން އެ ރަށަށް ޒިޔާރަތްކުރަނީ ލޯންޗުގަ އެވެ.

މިހާރު ވެސް ބައެއް ރިސޯޓުތަކަށް ސީ ޕްލޭން ގަވައިދުން އޮޕަރޭޓް ކުރެއެވެ. އަދި އެ ރިސޯޓްތަކަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލަ އެވެ. އޭގެ ތެރޭގައި ހާއްސަކޮށް ބ. އަތޮޅުގެ ރިސޯޓުތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން