މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކުރަން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭން އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޝާހިދު ވަނީ ކުރިއަށް އޮތް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އާމިރާއެކު އެ ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރަށްވައި ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.

ޝާހިދު ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުގެ މުހިންމުކަން ދާއިރާގެ ރައްޔިތުންނަށް ސާފު ކަމަށެވެ. ހަމަ އެހެންމެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ މުހިންމުކަން ވެސް ދާއިރާގެ ރައްޔިތުން ފާހަގަ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކުރުމަށް އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ." ޝާހިދު އެކްސްގައި ވިދާޅުވިއެވެ.

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން 9،000 ގޯތި ދޭން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަށް ގޯތި ލިބުނުކަމުގެ ލިޔުން ވަނީ ދީފައެވެ.

އޭގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ބައެއް ގެތައް ހުރީ މަގުތަކަށް ވެސް އަރާ ގޮތަށް ކަމަށާ އެކަމުގެ ސަބަބުން ގޯތި ދޫކުރުމަށް ދަތިތަކެއް އެބަހުރި ކަމަށް އެޗްޑީސީން ބުނެފި އެވެ. އަދި މަގުތަކާއި ގޯޅިތައް އަލުން ތަރުތީބުކޮށްގެން ނޫނީ ހުޅުމާލެއިން ދޫކުރި ބައެއް ގޯތިތައް ހަވާލު ނުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން