ރައީސް ނަޝީީދު (ވ) އާއި ލަންލާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެ
ރައީސް ނަޝީީދު (ވ) އާއި ލަންލާގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސެ
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ސްރީ ލަންކާގެ އާންމު އިންތިޚާބު ބާއްވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ސްރީލަންކާ ސަރުކާރަށް ތައުރީފް ކުރައްވައިފިއެވެ.

ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ސްރީ ލަންކާގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ. އެކަމާ ގުޅިގެން ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްރީލަންކާ އަކީ ވަރުގަދަ ޑިމްކޮރަސީ އެއް ކަމަށާއި، ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންގެ ބާރު ކަމަށްވާ ވޯޓް ފޮށި ނުހުއްޓުވުނު ކަމަށެވެ. ރައީސް ނަޝީދު ވަނީ ސްރީލަންކާގައި ދާޚިލީ ހަނގުރާމައިގެ ތެރޭގައި އެގައުމުގައި ވޯޓްލުން ކުރިއަށް ގެންދިޔަކަންވެސް ފާހަގަކުރައްވާފައެވެ.

"ހަނގުރާމައިގެ ތެރޭގައި ވެސް އިންތިޚާބު ވަނީ ކުރިއަށް ގެންގޮސް ނިއްމާލާފަ. އަޅުގަނޑުގެ ރަހުމަތްތެރިޔާ އަށް ކާމިޔާބީއަށް އެދެން." ސްރީލަންކާގެ ބޮޑުވަޒީރާއި ގާތްގުޅުމެއް އޮންނަ ރައީސް ނަޝީދު ވިދާޅުވިއެވެ.



އިންތިޚާބުގައި ވާދަކުރާ ވެރިކަން ކުރާ މައި ޕާޓީއަކީ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ، އެސްއެލްޕީޕީއެވެ. ސްރީ ލަންކާގެ އާބާދީގެ 70 އިންސައްތަކަމަށްވާ ބުޑިސްޓުންގެ ބޮޑު ތާޢީދެއް އެ ޕާޓީއަށްވަނީ ލިބިފައެވެ. އެސްއެލްޕީޕީއާ އެންމެ ގާތުން ވާދަކުރާ ޕާޓީއަކީ ސަމަގީ ޖާނަ ބެލަގްވާޔަ، އެސްޖީބީއެވެ. އެސްޖީބީގައި އިސްކޮށް ހުންނަވަނީ އިދިކޮޅު ލީޑަރު ސާޖިދު ޕްރަމަދާސައެވެ. އެ ޕާޓީ އުފެދިފައިވަނީ އެ ޤައުމުގެ އެންމެ ދުވަސްވީ ޕާޓީކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީންނެވެ.

ކަނާތު ފިޔައިގެ އެސްޖޭބީގެ ކެންޕެއިނު އަމާޒުކޮށްފައިވަނީ ސްރީ ލަންކާގެ ރަށްފުށު ސަރަޙައްދުތަކުން ފަޤީރުކަން ނައްތާލުމަށެވެ. އެ ޕާޓީންވަނީ ދަޢުލަތުގެ ތަރިކަތައް ނުވިއްކާނެކަމަށް ވަޢުދުވެފައެވެ. ސްރީ ލަންކާގެ އާންމު އިންތިޚާބު ކާމިޔާބުކުރުމުގައި އެ ޤައުމުގެ ބައިމަދު ތަމަޅައިންގެ ވޯޓު މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. ސްރީ ލަންކާގެ އާންމު އިންތިޚާބުގެ ނަތީޖާގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އެ ޤައުމުގެ ސިޔާސީ މަޝްރަހު ބައްޓަންވެގެންދާނެ ގޮތް އެނގިގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

މުޙައްމަދު

06-Aug-2020

ދިވެހި ބަސް ލިއުމުގެ ހަމަތަކާއި ޚިލާފަށް ނޫސްތަކުގެ ފަރުމާވެސް ކޮށްފައި މި ހުންނަނީ. ކީއްކުރާނީ, ނޫސްތަކަށް ބުނެލަން އޮތީ (ޙިޔާލު މިގޮތަށް ލިއުން މިއީ ނުބައިކޮށް ލިޔާ ލިއުމެއްކަމުގައި) އަދި ރަނގަޅު ގޮތަކީ ޚިޔާލު މިގޮތަށް ބޭނުން ކުރުން ޚާ ކިޔެނީ ހ މަތީގައި ތިކި ޖެހުމުން ކަމުގައި ބުނެލަން.



ޓްރެންޑިން