ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

މި ހަފްތާގައި ފުވައްމުލަކުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ.

އޭގެ ތެރެއިން ފުރަތަމަ އެކްސިޑެންޓް ހިނގީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ ހާދިސާގައި އަނިޔާވީ 32 އަހަރުގެ ޒުވާން ދިވެހި ފިރިހެނެކެވެ.

އެ ހާދިސާއަށް 24 ގަޑިއިރުވީ ތަނާ ރޭ ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް އެކްސްކަވޭޓަރެއްގައި ޖެހި 27 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އެ ދެ އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށްވެސް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.

އޭގެ ތެރެއިން ފުރަތަމަ އެކްސިޑެންޓްގައި އަނިޔާވި މީހާ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެވަނަ އެކްސިޑެންްޓްގައި އަނިޔާވި މީހާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން