މާލޭގެ މިސްކިތްތައް ސާފުކުރާ މީހުންގެ ވަޒީފާއަށް މި ފަހަރު ގިނަ ބަޔަކު ކުރިމަތިލައިފި އެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ވަޒީފާއަށް ކުރިމަތިލުމަށް މާލޭ ސިޓީ ކައުންސިލުންް ދެފަހަރެއްގެ މަތިން ހުޅުވާލި ނަމަވެސް ވަޒީފާތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ލިބިފައެއް ނުވެއެވެ. ކުރިން އެ މަގާމަސް ކުރިމަތިލީ އެންމެ 14 މީހުން ނެވެ.

އެހެންވެ އިނާތްތަކާއި ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށް އަލުން މިސްކިތްތައް ސާފުކުރަން 110 މީހުން ހޯދަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ފަހަރު ހޫނު ތަރުހީބެއް ލިބުނު ކަމަށާއި އެގޮތުން އެ މަގާމުތަކަށް 230 މީހުން ކުރިމަތިލި ކަމަށެެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ވަޒީފާއަށް ކުރިމަތިލި މީހުންނާ އިންޓަވިއު ކުުރުމުގެ މަސައްކަތް ކަމަށެވެ.

މިސްކިތްތައް ސާފުކުރުމުގެ ވަޒީފާއަށް ނަގަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ މަސައްކަތް ކުރާ މީހުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 11،500 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން