އެމަނިކުފާނަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި އޮަޅުވާލައްވައި ދެރައެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ކޮންމެ ދުވަހަކު އާންމުކުރާ ރައީސްގެ ޖަވާބު ޕްރޮގްރާމްގައި މިއަދު ހުޅުމާލެ ލޮޓް ނަންބަރު 10471، ޙުސައިން ރަޝީދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ. ހުސައިން ރަޝީދު ވަނީ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރާތީ އެކަމުގެ ހަގީގަތް އޮޅުންފިލުވުމަށް ރައީސް އަރިހުގައި ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއްވެސް ކަމެއްގައި އެމަނިކުފާނަކީ ރައްޔިތުންނަށް އޮޅުވާލައްވައި ދެރައެއް ދެއްވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ދައްކާ ވާހަކައެއް މިދައްކަނީ އިޚުލާސްތެރިކަމާއެކުގައި ހިތުގެ އަޑިން މާތް ﷲ ދެނެވޮޑިގަންނަވާނެ ކަން ހަނދާނުގައި ބަހައްޓައިގެން، އަޅުގަނޑުގެ ލަޔާގަތާ ގާބިލިއްޔަތު ތަން ދިން އެންމެ ފުރިހަމައަކަށް ސަރުކާރުން އެކަންކަން ކުރުމުގެ ނިޔަތުގައި އެމަސައްކަތް އެގޮތަށް ކުރުމަށްޓަކައި،" ރައީސް ވިދާޅުވިއެވެ.



ރައީސް މުއިއްޒު ވިދާޅުވީ ދޮގު ހަދަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެގޮތުން މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން އިދިކޮޅު ފަރާތްތަކުން އަމިއްލައަށް ދޮގުތައް ހަދައި ވާހަކަތައް އުފަން ކުރަމުންދާ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ވާހަކަތައް މި އޮޅުވާލަނީ ކޮންމެ ކަމެއް ބެލިއަސް ފެނިވަޑައިގަންނަވާނީ މިގޮތަށްކަން މިކަން މިއޮތީ، ކޮންމެ މައުލޫއެއް ނަންގަަވައިގެން ބެއްލެވިއަސް ފެނިވަޑަައިގަންނަވާނެ އެބޭފުޅުން އެއަށް އަމިއްލަ ނެރޭޝަންއެއް ގެންނަނީ އަމިއްލަ ވާހަކަތަކެއް އެއަށް ގެންނަނީ ނޫނީ އަލަށް އުފަންކުރަނީ. މުޅިން އާ ވާހަކައެއް އުފަންކޮށްފައި އަޅުގަނޑު ދެއްކި ވާހަކަ އެއް ބަދަލުކޮށްފި ކަމަށް ދޭހަކޮށްދޭން މަސައްކަތް ކުރަނީ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ތަނަކުން އަދި ވާހަކައެއް އިވުނަސް އޭގެ ތެދު ދޮގު ބަލަންޖެހޭ ކަމަށާއި ދީނުގައި ވެސް ބާރުއަޅުއްވާފައިވަނީ އެކަން އެގޮތަށް ކުރުމަށް ކަމަށެވެ. އަދި އެންމެންނަކީ ވެސް ތެދު ބަހުން ވާހަކަ ދައްކާ، ތެދު ބަސް ގަބޫލުކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގައި ލިޔެފައިވާނެކަން ފާހަގަކުރަށްވާފައެވެ. އަދި އެމަނިކުފާނަކީ އެއްވެސް ކަމެއް ފޮރުވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން