ތިނަދޫ ސިޓީގައި ހުންނަ އެސްއެމްޑީ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ތިނަދޫ އެސްއެމްޑީ ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ. މީހަކު ފިހާރައަށް ވަދެ ފިހާރަ ފަޅާލައި ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފައެވެ.



އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާކޮށްގެން ހުރި މީހަކު ގުދުވެގެން އޮވެ ފިހާރަ ކައުންޓަރު ކައިރިއަށް އައިސް ކައުންޓަރުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާ މަންޒަރެެވެ. އެގޮތުން ވައްކަން ކުރަން ވަތް މީހާ ކައުންޓަރުގެ ވަތްގަނޑު ހުޅުވުމަށްފަހު އޭގައި ހުރި ގިނަ އަދަދެއްގެ ފައިސާ ނަގާތަން ވީޑިއޯއިން ފެނެއެވެ.

މި މައްސަލަ އެސްއެމްޑީ ކުންފުނިން ތިނަދޫ ޕޮލިސް ސްޓޭޝަނަށް މިހާރު ވަނީ ހުށައަޅާފައެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން