އިންސާނީ ހައްގުތަކުން މަހުރޫމްކޮށް، ލިބޭ އަނިޔާތަކަށް ކެތްނުކުރެވި ޖަލުގައި މަރުވާ މީހުންގެ ޒިންމާ އެޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ މަރުވިތާ 3 ދުވަސްފަހުން މިއަދު ބޭއްވުމަށް ނިންމާފައިވަނިކޮށް އަލީ ހުސެއިން ކުރެއްވި ޓްރީޓެއްގައި ވިދާޅުވީ ދައުވާއެއް ނެތި އިންސާނަކު ޖަލެއްގައި ގެންގުޅުމަކީ އެމީހަކަށް އެދައުލަތަކުން ދޭނެ އެންމެ ބޮޑު އިންސާނިއްޔަތާއި ޚިލާފް އަނިޔާކަމަށެވެ. ދައުވާއެއް ހުކުމެއްނެތި މީހަކު ޖަލުގައި ހޭދަކުރަންޖެހޭ ޖެހުމަށް އެމީހަކު އިންކާރުކޮށް ޖަލުގައި ލިބޭ އަނިޔާތަކުގައި މަރުވުމަކީ އެޖަލު ހިންގާ ދައުލަތަކުން އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"ކުރި ދަޢުވާއެއް ނުވަތަ ޙުކުމެއްނެތި އިންސާނަކު ޖަލެއްގައި ބަންދުކޮށްގެން ގެންގުޅުމަކީ ލާއިންސާނީ ބޮޑުއަނިޔާއެއް. އެފަދަ އަނިޔާއަށް ކެތްނުކުރެވިގެން އުޅެނިކޮށް އޭނާގެ ފުރާނަ ދިއުމުން އެކަމުގެ ޒިންމާ އެ ޖަލު ހިންގާ ދައުލަތަކުން ނަގަންޖެހޭނެ." އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިންގެ ޓްވީޓްގައި އެކަމުގައި ޒިންމާ ނަގަންޖެހޭނީ ކޮން ސަރުކާރަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާއަކީ ރައީސް ޔާމީންގެ ވެރިކަމުގައާއި، މިވެރިކަމުގައިވެސް ޖަލުގައި އިންސާފު ހޯދުމަށް މަސައްކަތް ކުރި މީހެކެވެ. ނަމަވެސް ދެ ސަރުކާރުންވެސް އޭނާގެ ވާހަކަތަކަށް އިޖާބަނުދީ އަޅާލާފައި ނުވާކަމަށް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ ނިޔާވީ މިދިޔަ އާދިއްތަދުވަހުގެ ހަވީރު 4:25 ހާއިރުއެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.
ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. އަދި މީނާއަކީ އޭނާގެ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއްކަމަށާއި އަދި ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށްފައިވާ މީހެއްކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޔާސިރު ޔަހްޔާ ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު އޭނާ ވަނީ ދިވެއްސަކާއި ކައިވެނިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު