ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުރީ ރޭވި، ތަރުތީބު ކުރެވިފައި ކަމަށާއި، ނަތީޖާ ނެރުމަށް ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ ކިނބިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު، އަޝްރަގު އަލީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ.

ރައީސް ޑރ. މުޙަައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ރައްޔިތުން އިންތިހާބުކޮށްދޭންޖެހެނީ ނަތީޖާ ނެރުމަށްޓަކައި ކަމަށެވެ.

ރައްޔިތުންގެ އެއްބާރުލުމާ އެކު އެކަމުގެ ނަތީޖާ ނެރެދެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުރީ ރޭވި، ތަރުތީބު ކުރެވިފައި ކަމަށާއި، އެ ކަންކަން ކުރުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.

"އަޅުގަނޑުގެ އަޒުމް ވަރަށް ވަރުގަދަ. ރައްޔިތުން އަޅުގަނޑާއި އެކު ކުރިއަށް ވަޑައިގަތީމަ ހުންނާނީ ރަނގަޅަށް. ނަތީޖާ ހުންނާނީ ނެރެދެވިފައި. ނަތީޖާ އަޅުގަނޑަށް ހުރިހާ ވެސް އެއްޗަކީ، ހުރިހާ ދާއިރާއެއްގައި ވެސް ހުރިހާ ރަށަކަށް ވެސް އަޅުގަނޑަށް މުހިންމީ ނަތީޖާ ނެރެދިނުން. ރައްޔިތުންގެ އަތްޕުޅުގައި މި އޮތީ ހަމަ އެންމެ ކަމެއް. ފާހަގައެއް ޖަހާލުން، 93 މަންދޫބުން 93 ދާއިރާ އަށް މިދެންނެވި ފާހަގަ ޖައްސަވަންވީ ނަތީޖާ ނެރުމަށް ޖަހައިދޭ ފާހަގަ." ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ވަނީ ތ. އަތޮޅުގެ ދާއިރާއަށް ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބުކޮށްދީ ރައްޔިތުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، ކޮޅުމަޑުލު ރާއްޖޭގެ ތަރައްގީގެ ރާޑަރުގެ މެދަށް ގެނެވިފައިވާ އަތޮޅަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން