ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީގެ މެންބަރު ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަށްވާ ރެޑް ވޭވް ސަލީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ މަޝްރޫއާއެކު އޭދަފުށީގައި ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ބޮޑު ހައްލެއް ލިބޭނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނު ބޭނުންފުޅުވަނީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް ކަމަށާއި އޭރުން ސަރުކާރުން ބޭނުންވާ ނަތީޖާ ނެރެދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ މަސައްކަތްތަކަށް ބުރެކިޖައްސާ، މަޑުޖައްސާ، ހުރަސްތައް ކުރިމަތިކުރާ މަޖިލީހެއް ރައްޔިތުން އިންތިހާބުކޮށްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނެރުމުގައި މަޑުޖެހުމެއް އަންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ހުއްދަތައް ފަދަ ކަންކަން ހުއްނާނެކަން ފާހަގަކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންވާ ހުއްދަތައް ނުދީ ހިފަހައްޓައި، އިތުރު ހުރަސްތައް ވެސް ރައްޔިތުންގެ މަޖިލީހުން ކުރިމަތިކުރެވޭނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން