އައްޑޫގެ ހަންކެޑެ މަޝްރޫއު އަވަހަށް ފަށައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް މިރޭ ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް މާލޭގައި ބޭއްވި ތަރާވީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވެރިކަމުގައި އައްޑޫ ހަންކެޑެގައި 1000 އަށް ވުރެ ގިނަ އެނދު އެޅުމަަށް ޑިޒައިންކޮށް ކޮންޓްރެކްޓަރު ހޯދައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރު ނިމުނުއިރު ޗައިނާގެ މާޗަންޓު ބޭންކާއި އެއްކޮށް އެމަޝްރޫއު ހިންގެވުމަަށް ސޮއިކޮށް ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ފަސްމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެ މަަޝްރޫއުގެ މަސައްކަތް ފެށިފައިނުވާ ކަމަށެވެ. އެހެންކަމުން ފައިނޭންސް ވެސް ހޯދައި ހުރިހާ ކަމެއް ނިމިފައި އޮތް 145 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް މަސައްކަތް ވީހާ އަވަހަކަށް ފެށުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

"އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ހަންކެޑެގެ ނަން ބަދަލުކޮށްފައި ރާޖޫ ކެނޑެ ކިޔާފައި ނަމަވެސް އަވަހަށް ފައްޓަވައިދެއްވާ، އަދި އައްސޭރި އޭ ކިޔަސް ކޮންމެ އެއްޗެއް ކިޔަސް އެކަން އަވަހަަށް ފައްޓަވައިދެއްވާ. އޭރުން އައްޑޫގެ އިގްތިސާދު އަތުނުޖެހޭ ހިސާބަށް ކުރިއަށް ގެންދެވޭނެ، އޭގެ ހުރިހާ ބިންގަލެއް އަަޅުއްވައިދެއްވީ ރައީސް އިބޫ،" ރައީސް ސޯލިހް ބައިވެރިވެވަޑައިގެން އިންނެވި އެ ޖަލްސާގައި ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އާމިނަތާ

08-Apr-2024

މި އޮށްފަދަ ދުވަހު މި ފައްޔާޒް މިކިޔަނީ ހަންގަޑެކޭތަ? ފަސް އަހަރު ބޭކާރު ކޮށްލީ ކީއްވެ


1

ޒާހރު

08-Apr-2024

ކީއްވެތޯ ސަރުކާރުގަތިބިއިރު އެކަންނުފައްޓާ ލަސްކުރީ.


-1

އެލްސަން

08-Apr-2024

ދެން އެމްޑީޕީގެ 5 އަހަރު ނިމިދިޔަ އިރު އެކަން ނުކުރީ ކީއްވެތޯ!



ޓްރެންޑިން