އެމްޑީޕީގެ ސަރުކާރުން ނުކޮށް ދޫކޮށްލި މުހިންމު އެތައް ކަމެއް ވޭތުވެ ދިޔަ ހަތަރު މަސްތެރޭ ކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކިނބިދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް އަލީ އަޝްރަގްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ސަރުކާރަށް ކުރަމުބްދިޔަ ދައްޗާއި މިހާރު ވެސް ކުރިމަތިކުރަމުންދާ ދަތީގެ ތެރެއިން ވެސް ސަރުކާރުން ގިނަ ކަންތައްތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެ ކުރެވޭނެ މުހިންމު އެތައް ކަމެއް މިހާރު ވެސް ސަރުކާރުން ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"މީގެ ކުރީގައި ނުކުރެވޭ، އެކަމު ކުރެވިދާނެ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮވެ އެބޭފުޅުންގެ ސަރުކާރު އޮތްއިރުގައި ސުޕަ މެޖޯރިޓީ އާއި ހުރިހާ އެއްޗެއް އޮތްއިރު ކުރެވޭނެ މުހިންމު އެތަށް ކަމެއް ނުކުރެވި ނުކޮށް ހުރިކަންކަން މިހާރު ވެސް މިވަނީ ކޮށްފައި މިދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިއީ ހަގީގަތް." ރައީސް ވިދާޅުވިއެވެ.

އެކަންކަން ފާހަގަކުރަށްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އޭގެތެރޭގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަމާއި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލާއި ގުޅޭ މުހިންމު ކަންކަން ކޮށްފައިވާނެ ކަމަށެވެ. އަދި އިގްތިސޯދީ ގޮތުން ގައުމު އޮތް ހާލަތުން ނަގާ ކޮޅަށް ޖަހައި އެ އަނދަވަޅުން ނެގުމަށް ކުރަމުންދާ މަސައްކަތާއެކު އިޖްތިމާއީ ގޮތުން ރައްޔިތުންނަށް މުހިންމުވެފައިވާ އެތައް ކަމެއް ސަރުކާރަށް މިވީ ކުޑަދުވަސްކޮޅު ތެރޭގައި ކޮށްފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެދިނުން ކަމަށެވެ. ރައީސް ވިދާޅުވީ ނަތީޖާ ނޫން އެއްވެސް އެއްޗެއް ރައްޔިތުންނަށް މުހިންމު ނޫން ކަމަށެވެ. އެގޮތުން ރައްޔިތުން ބޭނުންވަނީ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ މުއްސަދިކަން ލިބެން ކަމަށެވެ. އަދި ފުދުންތެރިކަން އިހުސާސްވެ ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި، ފުރާޅެއް ބޯމަތީގައި އޮތުމާއި ގެދޮރުވެރިކަން ލިބިގެންދާން ރައްޔިތުން ބޭނުންވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެވެ.

"މިކަންކަން އަޅުގަނޑަށް މުހިންމުވަނީ މި ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ ބޭނުން އަޅުގަނޑަށް މުހިންމީ، މި ނަތީޖާ ނެރުމަށްޓަކައި މަޖިލީހުގެ ތެރެއިން ކުރަން ހުރި ކަންކަން އަޅުގަނޑަށް މުހިންމުވަނީ މިކަންކަން ކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން އަޅުގަނޑު މި އެދެނީ މި އެއްބާރުލުން ރައްޔިތުން ވިސްނާވަޑައިގެން އަޅުގަނޑަށް ދެއްވުމަށް،" ރަައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން