މާގިނަ ހެޔޮ އަމަލު ކުރެވުމުން ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ވަނީ ނިމިގެންމިދާ ރަމަޟާންމަހު ތިބާގެ ޢަމަލުތައް ހުރިގޮތާމެދު ވިސްނާލުމަށް ގޮވާލައިފަ އެވެ. އަދި ގަވައިދުން ފަރުޟު ފަސްނަމާދު އަދާކުރެވުނު ނަމަ އެ ނަމާދުތައް ކުރުން ރަމަޟާންމަހަށް ފަހުގައި ވެސް ދަމަހައްޓައި ކޮންމެ ދުވަހަކު ގުރްއާނުން ސަފުހާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށް ވެސް އިރުޝާދު ދީފައި އެވެ.

ހަމަ އެހެންމެ ހެޔޮޢަމަލުކުރުމުގައި ހީވާގިވުމަށާއި އަދި ކިތަންމެ މަދުން ކުރެވުނަސް ހުއްޓާނުލުމަށް ވެސް ހުތުބާގައި ގޮވާލައިފައި ވެއެވެ.

ހުތުބާގައި ބުނީ ކުރިން ކުރެވިފައިވާ ހެޔޮޢަމަލުތަކަކީ، ގިނަގުނަ ޢަމަލުތަކެއް ކަމުގައި، އަހަރެމެން ދެކިގެންނުވާނެ ކަމަށާއި އެއީ ކުރެވުނު ހެޔޮ އަމަލުތަކަށްޓަކާ ބޮޑާވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއް ކަމުގައި ދެކޭނަމަ، އެ އަމަލުތައް ބާޠިލުވެދާނެތީ ކަމަށެވެ.

"އަހަރެމެންނަށް ހެޔޮކަމެއް ކުރެވުމުން، އެކަމާ ބޮޑާ ނުވެ، އެ ހެޔޮކަމެއް ކުރުންމަތީ ދެމިތިބެން ޖެހެއެވެ. ކުރެވުނު ޢަމަލުގެ ގިނަކަމުން، ސުވަރުގެ ޔަޤީންވީ ކަމަށް އަހަރެމެން ދެކިގެން ނުވާނެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް، ސުންނަތް އަޅުކަމެއް ދޫވެއްޖެނަމަ، އެކަމެއް ފިލައިދިއުމުން، އެ އަޅުކަމެއް ކުރަން އަވަސްވެގަތުމަސް ވެސް ހުތުބާގައި ބުނެފައި ވެއެވެ. އަދި އުޒުރަކާހުރެ ދޫވި އަޅުކަންތަކުގެ ސަވާބު، الله ތައާލާ ފުރިހަމައަށް ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން