ބަދަލު ހިފުމުގެ ރޫހު ނައްތާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ރޭ ބޭއްވި ކެމްޕޭން ހަރަކާތުގަައި ރައީސް ވަނީ ރާއްޖޭގައި އޮތް ބަދަލު ހިފުމުގެ ރޫހަށް އަލި އަޅުވާލައްވައިފަ އެވެ.

އެހެން ނަމަވެސް އެއީ ގައުމަށް ބޭނުންވާ ކަމެއް ނޫން ކަމަށާއި އެ ރޫހު ނައްތާލައި އެ ފުރުސަތު އެފަދަ ވިސްނުން ގެންގުޅޭ މީހުންނަށް ނުދިނުމަށް ރައީސް އިލްތިމާސް ކުެއްވި އެވެ.

ރައީސް ވިދާޅުވީ އެކި ޕޯޑިއަމްތަކުން މިހާރު ވެސް އެފަދަ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން ކަމެއް ނުކުރެވިއްޖެނަމަ އެހެން މީހަކު އެކަން ކުރިޔަ ނުދީ ހުއްޓުވަން އުޅޭ ކަމަށެވެ.

އެހެން ނަމަވެސް މިއީ ގައުމަށް ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި އޭގެ ބަދަލުގައި ގައުމަށް ބޭނުންވަނީ ހަަމަޖެހުން ކަމަށާއި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް ރައީސް ރޭ ވެސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން