ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޖެހިވަޑައިގަންނަވާނީ ހިތި ބޭސް ބޯން ކަމަށް ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝެނަލް ފްރޮންޓް(ޕީއެންއެފް)ގައި ވެސް އިސްކޮށް އުޅުއްވާ މަލީހު ވިދާޅުވީ ރިޔާސީ އިންތިޚާބުތެރޭ ބޮޑެތި ހަރަދުތައްކޮށް މިވެރިކަން ގެންނަން ޤުރުބާންވި ފަރާތްތަކުގެ މެސަޖަށް ފޯން ކޯލަށް ރައީސް މުއިއްޒު ޖަވާބުދެއްވުން ހުއްޓާލިކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އެކަން މަލީހު ސިފަކުރެއްވީ ވަރަށް ބޮޑު ބޭއިންސާފެއްގެ އިތުރުން ބޮޑު އޮޅުވާލުމެއްގެ ގޮތުގަ އެވެ.

"ރައީސް މުއިއްޒަށް މަޖިލިސް އިންތިޚާބުގައި ހިތި ބޭސް ބޯންދޭންޖެހޭ." އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައިސް ކުރީގެ ރައީސް ޔާމީންއާ ގުޅުން ކެނޑުނު ފަހުން މަލީހު ނެންގެވީ ރައީސް ޔާމީންގެ ފަޅި އެވެ. އޭގެ ފަހުން މަލީހު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނެވެ. ހާއްސަކޮށް ރައީސް ޔާމީންއަށް މި ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް މަލީހު ދަނީ ތުހުމަތު ކުރައްވަމުން ނެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯއްދަވަން ރައީސް މުއިއްޒު އުޅުއްވަނީ ކުރީގެ ރައީސް ޔާމީނަށް ކުރާ އަނިޔާ ދަންމާލަން ކަމަށް ވެސް މަލީހު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން