މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް، ސަން ސިޔާމްގެ ކުންފުންޏަކަށް، ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާ އެކު، ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި ލޯނަށް ސަރުކާރުން ފައިސާ ދައްކާ މައްސަލަ ބަލަން ހުށަހަޅައިފިއެވެ.

މިމައްސަލަ ސާފުކޮށްދެއްވުމަށް އެދި އެމައްސަލަ މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ލޯނަކީ ސަން ސިޔާމް ނ.އަތޮޅު ދިގުރަށުގައި ހަދަމުންދާ ރިސޯޓްގެ މަސައްކަތް ކުރުމަށް ނަގާފައިވާ ބޮޑު ލޯނެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނަކަށް އޭރުގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފަ އެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުުމުން މި މަހުގެ ތެރޭގައި އެ ފައިސާ ދައްކަން ސަރުކާރަށް ބޭންކުން އޮތީ އަންގާފައެވެ. މިފައިސާ ނުދެއްކުމުގެ ސަބަބުން މިހާރުގެ ސަރުކާރުގެ ދައުލަތުގެ ބަޖެޓްގެ ތެރެއިން އެ ފައިސާ ދައްކަމުންދަނީ ކޮން ގޮތަކަށްތޯ މީކާއިލްވަނީ ސުވާލުކޮށްފައެވެ.

މީކާއީލް އޮޅުންފިލުވުމަށް ބޭނުންވާކަންކަން ހިމަނައި މަޖިލިސް ރައީސަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. މިސިޓީގައި ބުނެފައިވަނީ 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނު ޑިފޯލްޓް ވެފައިވޭތޯބެލުމަށް ވަނީ ހުށަހަޅާފައެވެ. އަދި ލޯނު ޑިފޯލްޓް ވެފައިވާނަމަ ދައުލަތުން އެ ލޯނަަށްވާ ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯއާއި އަދި އެ އިންތިޒާމު ހަމަޖެހިފައިވާނަމަ ފައިސާ ދެއްކުމަށް ނިންމާފައިވާ މުއްދަތަކީ ކޮބައިތޯ ބެލުމަށްވެސް ހުށަހަޅާފައިވެއެވެ.

މީކާއިލްވަނީ ދައުލަތުގެ ފަރާތުން އެ ލޯން ދެއްކުމަށް އެކްސްޓެންޝަނަކަށް އެދިފައިވާނެތޯ އާއި އަދި އެދިފައިވާނަމަ، މިއެކްސްޓެންޝަން ހަމަޖައްސަނީ، ޖީ20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯ ސުވާލު ކުރައްވާފައެވެ. އަދި ހަތަރުވަނަ ސުވާލެއްގެ ގޮތުގައި މީކާއީލް ކުރައްވާފައިވަނީ، އެ ލޯން ދެއްކުމަށް އެކްސްޓެންޝަނެއް ދޭނަމަ މިކަމުގެ ސަބަބުން ދައުލަތުގެ މާލީ އިންތިޒާމަށް ކުރާނެ އަސަރަކީ ކޮބައިތޯ އޮޅުންފިލުވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން