ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ނައިޖީރިއާ މީހަކު އަތުލައިގެންފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ މިހާރު ހުރީ ދޫނިދޫ ކަސްޓޯޑިއަލްގެ ކްލިނިކުގަ އެވެ.

އޭނާ ދިރުވާލައިގެން ގެނައީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ކިތައް ގްރާމްގެ މަސްތުވާތަކެތި ކަމެއް އަމުރުގައި ބުނެފައެއް ނުވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ ބަންދުވެސް ޖަހައިދީފަ އެވެ.

އަދި އޭނާ ވީ އެންމެ އަވަހަކަށް ކޯޓަށް ހާޒިރުކުރުމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަަލަތައް މީގެ ކުރިން އެތައް ފަހަަރަކު ފެންމަތިވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން