މާލޭގައި ހިނގި އެކްސިޑެންޓެއްގައި ކުނި ކަހަން ހުރި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ 11:37 ކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަމިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 48 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެަކަމަކު އެކްސިޑެންޓްގައި ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމާއެކު ސައިކަލުގައި ތިބި ދެ މީހުން ފިލާފައިވާ ކަމަށެވެ. އެެހެންވެ އެ ސައިކަލާ އެކު އޭގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން