އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އެ ގައުމުގެ ސަރުކާރުން އިތުރު ކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މި ހިނގާ 2024 އަދި 2025 އަށް އާކޮށްފައިވާ ކަމަށެވެ.

އެ ހުއްދަ އާކުރި އިރު ރާއްޖެއަށް ފޮނުވަން ނިންމި އަދަދުތަކަކީ 1981 ވަނަ އަހަރު އެ ހުއްދަ ދޭން ފެށިފަހުން ހުއްދަ ދިން އެންމެ މަތީ މިންވަރު ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ބޮޑު ކޮށްދީފައިވާއިރު ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އަދި ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގައި އުފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެއަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ.

މިއަދު އިތުރުކޮށްދިން ކޯޓާތައް އިތުރު ކޮށްދީފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން