އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ތަޅައި އަނިޔާކުރާ ތަން ފެންނަ ވީޑިއޯ އެއް މިރޭ ވަނީ އާންމުވެފައެވެ. އެ ކުއްޖާ އަށް އަނިޔާ ކުރުމަށް ފަހު އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް އެއްޗެހި ކިޔާ ތަން ވީޑިއޯ އިން ފެނެއެވެ. އެވީޑިއޯގައި އަނިޔާ ލިބޭ ކުއްޖާ ގިސްލާފައި ރޯ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ދެފައި މައްޗަށް ތިރިވެ އާދޭސް ވެސް ކުރެއެވެެ.

ފުލުހުންގެ ޚިދުމަތުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުން މިކަން ކުރި ކަމަށް ޔަގީންކުރެވިފައި ވަނީ އއ. ރަސްދޫގައި ކަމަށެވެ. އަދި މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި ކުޑަކުއްޖާ އަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށެެވެ. ފުލުހުން ވަނީ ކުޑަކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ޝޯޝަލް މީޑިޔާގައި ދައުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ާއަހުމަދު

08-Apr-2024

ކުޑަކުއްޖާގެ ވީޑިއޯ ދައުރުނުކުރިނަމަ, ވާނީކިހިނެއްތޯ. އެކުއްޖާއަށް އަނިޔާކުރި މީހުން,ގެ ފޮޓޯ ހާމަކުރުން އެދެން. ޢެކުއްޖާގެ ބެލެނިވެރިން, ޒިއްމާދާރުވުން, ވަރަށް މުހިއްމު, ތަންތަނަށް އެކަނި ނުފޮނުވުން,.....



ޓްރެންޑިން