ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ ރަކީދޫ ބަނދަރު ހެދުމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހުއްދަ ލިބިފައިވަނީ 26 ޑިސެމްބަރ 2019 ގައި ކަމަށެވެ. މި މަޝްރޫޢަކީ 18.5 މިލިއަން ރުފިޔާއަށް އެކުފުންޏާއި ޙަވާލުކޮށްގެ ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރު ހެދުމަށް ރަކީދޫ ފަޅުން 5645 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކޮށް، 156 މީޓަރު ދިގު ބޭރު ތޮށްޓަކާއި، 164 މީޓަރު ދިގު އެއްގަމު ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި 74 މީޓަރުގެ ރިވެޓްމަންޓް ޖަހާ، ބަނދަރާއި އިންވެންގެން 429 އަކަ މީޓަރުގެ ޕޭވްމަންޓް މަގެއް ހެދުމަަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން މަގުބައްތި ހަރުކުރުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެެ.

18.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޯބަރުމަހުގެ 5 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް މީގެކުރިން އެމް.ޓީ.ސީ.ސީން ވަނީ ބުނެފައެވެ.

ކޯވިޑް-19ގެ ސަބަބުން އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއެކުވެސް އެމް.ޓީ.ސީ.ސީން އަންނަނީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް ހުއްޓުމެއްނެތި ކުރަމުންނެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، ބަނދަރު ފުންކުރުމާއި މަރާމާތުކުރުން އަދި ބިން ހިއްކުން ފަދަ ބިޔަ މަޝްރޫޢުތައްވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން