އއ. ރަސްދޫ
އއ. ރަސްދޫ
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައިގައި ފުލުހުން އއ. ރަސްދޫގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާގައި މިސްކިތެއްގެ ފާހާނަ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ތަޅައި އަނިޔާކުރާ ތަން ފެންނަ ވީޑިއޯ އެއް ރޭ ވަނީ އާންމުވެފައެވެ. އެ ކުއްޖާއަށް އަނިޔާ ކުރުމަށް ފަހު އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާއާއި ދިމާލަށް އެއްޗެހި ކިޔާ ތަން ވީޑިއޯ އިން ފެނެއެވެ. އެވީޑިއޯގައި އަނިޔާ ލިބޭ ކުއްޖާ ގިސްލާފައި ރޯ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ދެފައި މައްޗަށް ތިރިވެ އާދޭސް ވެސް ކުރެއެވެެ.

އެކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޕޯކްސްޕާސަން، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ގުޅިގެން، ސޯޝަލް އެންޑް ފެމެލީ ޑިވިލޮޕްމަންޓް މިނިސްޓްރީއާއި ފުލުހުން އަދި ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެއް ރަސްދޫގައި މިހާރު ހަކަރާތްތެރިވަމުންދާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަ ފަރާތްތައް ދެނެގަނެ، ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.



ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައި ވަނީ، މިހާތަނަށް ކުރި މަސައްކަތުން އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަނެވިފައިވާ ކަމަށެވެ. ކުޑަކުއްޖާއަށް އަނިޔާކުރުމުގައި ބައިވެރިވެފައިވަނީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށް ވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން