ފާތިމަތު ނަޒީފާ އަޙްމަދު   6 އޭޕްރީލު 2024 - 13:7
މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން މިއަދުގެ 1:00 އިން ފެށިގެން އިރުއޮއްސި 6:00ގެ ނިޔަލަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.



އެހެންކަމުން، މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.

މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓުން ލަފާކޮށްފައި ވާއިރު، އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 43.8 ޑިގްރީ ސެލްޝިއަސްއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން