ހދ. ކުޅުދުއްފުއްޓަށް 800 ކިލޮވޮޓްގެ ޖަނަރޭޓަރެއް، ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، ކުޅުދުއްފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ގެނެވުނު 800 ކޭވީ ގެ ޖަނަރޭޓަރ އިންސްޓޮލޭޝަންގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި މެނޭޖިންގ ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން މިއަދު އެރަށަށް ޒިޔާރަތް ކުރައްވައި، މަސައްކަތް ބައްލަވާލައްވާފާއިވާ ކަމަށެވެ.



މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރަށް ވެފައި، ރަމަޟާން މަހަށް ވުމުން، ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ބޭނުން ކުރާ މިންވަރު ވަނީ މަތިވެފައެވެ. އެކަމަށް ބަލައި ފެނަކައިން ދަނީ އެކި ހިސާބުތަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓް ފޯރުކޮށްދެމުންނެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޢާޒު ވިދާޅުވެފައި ވަނީ، މިހާރަށް ކޮންމެހެން ބޭނުންވާ ހަ ރަށަކަށް ޖެނެރޭޓަރުސެޓް ގެންގޮސް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ކުޅުދުއްފުއްޓަށް ގެންނަ ޖަނަރޭޓަރު އޭރު ހުރީ ކަސްޓަމްސް ކްލިއަރެންސްގައި ކަމަށް މުއާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން