މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމައި އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މީގެ 10 އަހަރު ކުރިން ޑިސެމްބަރު، 2009 ގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި ޝީރީން މަރުވެ ކުނިވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ނަޖާހު ޖަލަށް ލާން ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

މާފަންނު ކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މަރާލާފައި އޮއްވާ ދެހާސް ދިހަވަނަ އަހަރު ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ލ.ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހްގެ މައްޗަށް ޝީރީން މަރާލިކަމުގެ ކުށް ސާބިތުނުވާކަމަށް ކުރިމިމިނަލްކޯޓުން ވަނީ 2015 ވަނަ އަހަރުގެ މޭމަހުގެ 12 ވަނަ ދުވަހު ހުކުމްކޮށްފައެވެ.

ޝީރީން މަރާލުމަށްފަހު ފޮއްޓަކަށް ލައިގެން މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރެއަށް ނަޖާހް ގެންދިޔަކަމަށް ބުނެ ދައުލަތުން ހެކި ހުށައަޅާފައިވެއެވެ. އޭގެތެރޭގައި އެ ފޮށި އުފުލިކަމަށް ބުނާ ޓެކްސީގެ ޑްރައިވަރާ އެ ފޮށްޓާއި ފޮށިން ފެނުނަކަމަށް ބުނާ ޑީއެންއޭ ސާމްޕަލް ރިޕޯރޓްތައްވެސް ހިމެނެއެވެ.

ދައުލަތުން މުހައްމަދު ނަޖާހްގެ މައްޗަށް ދައުވާކޮށްފައިވަނީ ވިހި ޑިސެމްބަރ ދެހާސް ނުވައަކުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއި އެކު ނަޖާހް އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލިކަމަށް ތުހުމަތުކޮށެވެ.

މަރާލުމަށްފަހު މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަޑު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާ ތާ ތިންދުވަސްވީ ފަހުންނެވެ. އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހްއާއިއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލާގައި ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން