އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުންކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުންކަމަށް އިހުސާން ވިދާޅުވިއެވެެ. ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ ރެކޯޑް ތަކާއި ހަވާލާ ދެއްވައި އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތައް ކުދިންނެއް ކުށުގެ ވެށީގައި އުޅެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވީ ގާނޫނު ބަދަލުކޮށް ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 12 އަހަރުކަމަށް ކަނޑައެޅުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ. އަދި މިހާރުގެ ގާނޫނު އޮންނަ ގޮތުން 15 އަހަރުން ދަށުގެ ކުއްޖަކު ޖިނާއީ ކުށެއް ކުރި ނަމަވެސް އޮންނަނީ އެ ކުއްޖަކު އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫންކަން އިހުސާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ދުނިޔޭގެ ތަހުޒީބު ގިނަ ގައުމުތަކުގައި ވެސް ކުށަށް ޒިންމާކުރުވާ އުމުރު އޮންނަނީ 12 ނުވަތަ 13 އަހަރުގައި ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ ބަންޑާރަ ނައިބުގެ އޮފީހާއި މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި އެފަދަ މައްސަލަތައް ގާނޫނީ ގޮތުން ގެންނަން ޖެހޭ ޖުމުލަ ހައްލު ގެނެވޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފަޔާޒު

08-Apr-2024

އިސްލާމް ދީންހުއްދަކުރާ އެއްމެ ދައްއުމުރަށް ޖިނާއީ ކުއްކުރާ މީހުންހިމަނަންޖެހޭ އަށާރަ އަހަރަކީއިސްލާމް ދީންކުއުރާމީހުންގެ މައްޗަށް ބަލަންޖެހޭ އުމުރެށްނޫން



ޓްރެންޑިން