ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ ގެނެސް، އެތަކެތި އެއާޕޯޓުން ބޭރު ކުރަން އުޅުނު މައްސަލައިގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފަކާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ އުސޫލުން ބޭރުން މާޗް މަހުގެ 15ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގެ ތެރެއިން ކަމަށެވެ. އެ ލަގެޖުގެ ތެރެއިން މެތާއި ހެރޮއިން ހިމެނޭ ޖުމްލަ 4.5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި އެއާޕޯޓުގެ މުވައްޒަފުގެ އިތުރުން ހައްޔަރު ކޮށްފައިވަނީ ލަގެޖް ފޮއްޓާއި ހަވާލުވާން އައި މީހާއާއި ޕާކިސްތާނުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާ ޝަރުތުތަކަކާއި އެކު ވަނީ ދޫކޮށްލާފައެެވެ. ފުލުހުން ބުނާގޮތުގައި އެކަމުގައި އިސްކޮށް ހުރީ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައިވާއިރު، ކޮންމެ ވެސް ވަރަކަށް ހެކި ހުރި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިކަމުގައި އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް ހިމެނޭ ކަމަށެވެ. އެމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން