ވަކި ކުދި ބަޔަކު ކުރި ކަމަކާ ހެދި ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑިމޮކްރެޓްސްއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ދެ ކުޑަކުދިން އެހެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރު ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރުން ކަމަށެވެ.

އިހުސާން ވިދާޅުވީ ގާނޫނު ބަދަލުކޮށް ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 12 އަހަރުކަމަށް ކަނޑައެޅުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށެވެ. އަދި މިހާރުގެ ގާނޫނު އޮތް ގޮތުން 15 އަހަރުން ދަށުގެ ކުއްޖަކު ޖިނާއީ ކުށެއް ކުރި ނަމަވެސް އޮންނަނީ އެ ކުއްޖަކު އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫންކަން އިހުސާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ދުނިޔޭގެ ތަހުޒީބު ގިނަ ގައުމުތަކުގައި ވެސް ކުށަށް ޒިންމާކުރުވާ އުމުރު އޮންނަނީ 12 ނުވަތަ 13 އަހަރުގައި ކަމަށެވެ.

އެކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ ވިދާޅުވީ އެވަގުތަކު ދިމާވާ ކަމަކަށް ބަލައި، ނުވަތަ ވަކި ކުދިބައެއްގެ ކަމަކަށް ބަލައި، ހުރިހާ ކުދީންގެ މައްޗަށް އުސޫލު ހެދުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

"ޖަޒުބާތީ ރޫހުގައި ކަމަކަށް ކަމެއް ކުރުމަކީ އަދި ޒިންމާދާރު ގޮތެއް ނޫން." ވަހީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


5

ަައަައިޝް

14-Apr-2024

ކުށްކުރީމަ ލުއި ދީގެން ތިބެ ތިބެ މި ޤައުމު ހަމަމަގަން ނޭޅުވިގެންމިއުޅެނީ އަދި ކުށުގެވެށީގަ އުޅޭކުދިންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވެސްއެވަނީ, ކުށްކުރީމަ އުމުރާ ގުޅޭ އަދަބު ދެވޭނަމަ އެކުށް ތަކުރާރުވުން ކުޑަވާނެ , ގިނަދުވަސްވީމަ ރަނގަޅުކުރަން އުދަގޫވެސްވާނެ ,



ޓްރެންޑިން