ރަށް ރަށުން މިހާރު ފެންނަމުންދަނީ އެމްޑީޕީ ދެކެ ފޫހިވެފައިވާ މަންޒަރު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާާއިރާ ވާދަކުރައްވާ ކެންޑިޑޭޓް އަދި ފައިސަލްގެ ބައްޕަ، އަބްދުއް ރަހީމްގެ ކެމްޕޭން އިވެންޓްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީއާ މެދު މީހުން ކުރިން ދެކެމުން އައި ގޮތް ބަދަލުވެފައިވާ ކަމަށެވެ.

ހަމައެހެންމެ ކުރިން ފެންނަ ވަރުގަދަކަން ވެސް އެމްޑީޕީން މިހާރު ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިިި އެވެ.

އޭގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރިން ނެރޭ ނަތީޖާ ނުނެރެވޭއިރު ރައްޔިތުންގެ ފަރާތުން ވެސް ފެންނަނީ އެމްޑީޕީ ދެކެ ފޫހިވެފައިވާ މަންޒަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ އިންތިހާބުން 65 ގޮނޑި ނަގައި މަޖިލީހުގެ ސުޕަމެޖޯރިޓީ ނެގި ނަމަވެސް އޭގެން ވެސް ނެރެވުނު ނަތީޖާއެއް ނެތް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިވެހީން ބޭނުންވާ ރާއްޖެއަށް ގެންދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކަމަށާއި އަދި އެކަން ދިވެހީން ވެސް ބަލައިގެންފައިވާ އިރު އެ އަމާޒަށް ވާސިލުވުމަށްް މަޖިލީހުގެ އެހީތެރިކަން ވެސް ބޭނުންވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން