އޮފީހަކުން އެތައް ލައްކަ ރުފިޔާ ނެގި މީހަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މ. ސިލްވަ ބީޗް އަހުމަދު އަސްއަދު، (34އަހަރު) ވަނީ އަށް ލައްކައަށް ވުރެ ގިނަ ފައިސާ އޮފީހަކުން ވަގަށް ނަގައިފަ އެވެ.

އެ މައްސަަލަގައި އަސްއަދު އޭނާ އަމިއްލައަށް އައްޔަނުކުރި ވަކީލު އޭނާ ދޫކޮށްލުމަށް އެދުނު ނަމަވެސް އޭނާއަކީ މުޖުތަމައަށް ނުރައްކާ ހުރި މީހެއް ކަމަށް ބަލައި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަސްއަދު ވަގަށް ނެގީ ކޮން އޮފީހަކުން ކަމެއް ކްރިމިނަލް ކޯޓުގެ އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން