ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން މި ސަރުކާރުން ކުރާ މަސައްކަތުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ދެއްވައިިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަގާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ސިއްހީ ފަރުވާގެ އެންމެ މުހިއްމު އެއްބަޔަކީ ފަރުވާއަށް ދެވޭ ބޭސް ކަމަށެވެ. އަދި ރާއްޖޭގައި ދެވޭ ބޭހަކީ ޞައްޙަ އަދި ފެންވަރު ރަނގަޅު ބޭސްކަމުގައި ކަށަވަރު ކުރުވޭނެ ނިޒާމެއް މިހާރު ގާއިމު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެފަދައިން، ރައްޔިތުންނަށް ބޭނުންވާނޭ ބޭސް މެދުކެނޑުމެއްނެތި ގާތުން ލިބެން ހުންނާނެ އިތުބާރުހުރި ނިޒާމެއް ވެސް ގާއިމުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުރިހަމަ މާނާގައި އަދި ދެމެހެއްޓެނިވިގޮތެއްގައި ކަށަރުކުރެވޭނޭހެން ސިއްހީ ދާއިރާގެ ހިދުމަތްތައް މިހާރު ގާއިމުކުރެވިފައިވާ ކަމަށާއި އަދި އިންގިލާބީ ހެޔޮ ބަދަލުތަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށެވެ.

"މި ހެޔޮ ބަދަލުތަކާއެކު، އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، ތިޔަބޭފުޅުންގެ ސިއްްހަތާ ދުޅަހެޔޮކަން ކަށަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު ވިދާޅުވި އެވެ.

ސިިއްޙަތުގެ ހައްގު ކަށަރުކޮށް ދުޅަހެޔޮ ކަމުގައި ތިބުމަށް ފަރުދީ ފެންވަރުގައި އަދާކުރަންޖެހޭ ޒިންމާ އަދާކޮށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ، ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން