މިކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ
މިކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ
ފުވައްމުލައް ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމާއި ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އަދި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސްވިމިންގ ޕޫލެއް އެޅުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން މި ޕޫލް އެޅިގެންދާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ވެސް މިނިސްޓަރ ގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރ ޖިމް ގާއިމްކުރުމަށް ވަނީ ސާމާނު ގެނަސްފައެވެ.

މި ޖިމްތައް ވަރަށް އަވަހަށް ރަށްތަކުގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން