ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރު ޑރ. ކުރުދީގެ އާއިލާ ޣައްޒާއިން ނެރެން ދައްކަން ޖެހޭ ފައިސާ ރާއްޖޭގެ އެހީދޭ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އޭނާއާ ހަވާލުކޮށްފި އެވެ.

އައިއޭއެމުން ބުނީ އެ ފައިސާ ޕްރޮފެސަރާ ހަވާލުކޮށްފައިވާ އިރު އޭނާގެ އާއިލާ މިސްރަށް އައުމުން، އެ އާއިލާ ދިވެހިރާއްޖެ ގެނައުމަށް ކުރަންޖެހޭ ހަރަދުތައްވެސް އައިއޭސީއިން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެ ގެންނަން މަސައްކަތް ކުރަމުން ދަނީ ޕްރޮފެސަރުގެ އަންހެނުންނާއި ހަތަރު ކުދިން ނެވެ. އެ މީހުން ޣައްޒާއިން ނެރެން 50،000 އަށް ވުރެ ގިނަ ޑޮލަރު ބޭނުންވާ ކަމަށް ބުނެ އެހީއަށް އެދި "ގޯ ފަންޑްމީ" ޕޭޖެއްވެސް ކުރިން އޮތީ ހުޅުވާފަ އެވެ. އައިއޭސީން ޑރ. ކުުރުދީއަށް އެހީވާން ނިންމީ އެ ހިސާބުން ނެވެ.

"އުއްމީދަކީ އަދި ދުއާއަކީ ޑޮކްޓަރު [ކުރުދީގެ] އާއިލާ ސަލާމަތުން ހެޔޮހާލުގައި ވީ އެންމެ އަވަހަކަށް ދިވެހިރާއްޖެ ގެނެވުން." އައިއޭސީން ބުންޏެވެ.

އިސްރާއިލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް މިއަދު ހަ މަސް ފުރުނު އިރު މިއިން ޒަމާނަކުވެސް އިސްރާއިލުން ހަމަލާ ނުދޭ ވަރަށް ޣައްްޒާގެ ހުރިހާ ރައްޔިތުންނަށް ދަނީ ހަމަލާތައް ދެމުން ނެވެ.

ޣައްޒާއަށް ދިން ހަމަލާތަކުގައި އިސްރާއިލުން މިހާތަނަށް ވަނީ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ނަމަވެސް އިމާރާތްތަކުގެ ދަށުގައ ތާށިވެފައި ތިބި މީހުންނާއެކު ޝަހީދުކޮށްލައިފައިވާ މީހުންގެ އަދަދު އެއަށް ވުރެ ވެސް ގިނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން