އައްޑޫގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢެއް ހިންގުމަށް ހަންކެޑެ ތަރައްޤީކުރުމަށް ކުރީގެ ސަރުކާރުގައި އެމްއޯޔޫއެއްގައި ސޮއިނުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ކުރީގެ ސަރުކާރު ނިމިގެންދިޔައިރުވެސް ހަންކެޑެ މަޝްރޫއުގެ ފައިސާ ހަމަޖެހި ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމަށާއި މިހާތަނަށް އެ ކުންފުނިން ފައިނޭންސިން ނުވަތަ ފައިސާ ހަމަޖެހޭނެ ގޮތެއް އަދި މަޝްރޫޢު ހިންގޭނެ ގޮތެއް އެމްްއެމްޕީއާރުސީއާ ހިއްސާކޮށްފައި ނުވާ ކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެެވެ.

ދާދިފަހުން އެމްޑީޕީން ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ހަންކެޑެގައި ފަތުރުވެރިކަމުގެ އެތައްހާސް އެނދެއް ޤާއިމުކުރުމަށް 145 މިލިއަން ޑޮލަރު އެމްޑީޕީ ސަރުކާރުން ހަމަޖައްސާފައި އޮތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 5 މަސް ތެރޭގައި އެ މަޝްރޫޢު ފެށިފައިނުވާ ކަމަށެވެ.



"5 މަސް ވެގެންދާއިރު އަދިވެސް އެކަން ފަށާނުލެވިގެން މިއުޅެނީ، ހަންކެޑާގެ ނަން ބަދަލުކޮށްފައި ރާޖޫކެޑަ ކިޔާފައި ވިޔަސް އަވަހަށް ފަށްޓަވާދެއްވާ. މި އިގްތިޞާދީ މަޝްރޫޢުތައް ރަނގަޅަށް ކުރިޔަށްދާނަމަ އައްޑޫގެ އިގްތިޞާދު އަތުނުޖެހޭ ހިސާބަށްދާނެ." ފައްޔާޒު ވިދާޅުވިއެވެ.

އެ ވާހަކަތައް ދޮގުކޮށް ރާއްޖޭގެ މީޑިޔާ އަކުން ގެނެސްދިން ޚަބަރަކާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އެ މީޑިޔާއިން ފަތުރާފައިވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި ކުރީގެ ސަރުކާރު ނިމުނުއިރު އީޕީސީ ކޮންޓްރެކްޓް ސޮއިކުރެވި ބޭންކް އާއެކު ލޯން އެގްރީމަންޓްގައި ވެސް ސޮއިކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަންކެޑެ މަޝްރޫއުގައި އެމްއެމްޕީއާރުސީއާ އެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވާ ކަމަށެވެ. އަދި އެމްއޯޔޫ އާއި އީޕީސީ އަދި ލޯން އެއްބަސްވުމުގައި ސޮއިކުރީ އެމްއެފްއެމްސީއާ އެކު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން