ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮށްފިއެވެ.

ކުރީގެ ރައީސް ޔާމިން އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިއްމާފައިވަނީ މާދަމާ ރޭ ގިޔާސުއްދީން ސްކޫލް ހޯލްގަ އެވެ. ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް  މިރޭ ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުން ދޭންޖެހޭ ހުއްދަތަށް ނުދީގެން މާދަމާ ރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ.

"ޖަލްސާ ދެން ބާއްވާނެ ތާރިހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ، ޕީއެންއެފް ނުހުއްޓުވޭނެ،" މަލީހް ވިދާޅުވިއެެވެ.

ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.

މާދަމާ ރޭ ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ގޭބަންދުގައި މިވަގުތު ހުންނެވި ރައީސް ޔާމީން ވަނީ ކަރެކްޝަންގައި އެދިވަޑައިގެންފައެވެ. ނަމަވެސް އެ ހުއްދަ ޔާމިން އަށް ދޭން ކަރެކްޝަނުން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން