އަހުޒަމް އަޙްމަދު   8 އޭޕްރީލު 2024 - 8:28
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު މިއަދު ބަހަން ފެށުމަށް ނިންމައިފި އެވެ.

ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ކަދުރު މިއަދުން ފެށިގެން ބަހަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ކަދުރު ބަހަން ފަށާނީ މެންދުރު 13:00 އިން 15:00 އަށް ކަަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި އޭގެ ފަހުން މި މަހުގެ 14 އިން 18 އަށް، މެންދުރު 13:00 އިން 15:00 އަށް އަދި މި މަހުގެ 23 އިން 25 އަށް ހެނދުނު 09:30 އިން 12:00 އަށް ކަދުރު ބަހާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، އެ މިނިސްޓްރީން ކަމަށެވެ.

"ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ބަހާނީ، ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު." މިނިސްޓްރީން ބުންޏެވެ.

ރަމަޟާން މަހާއި ގުޅުވައިގެން ސައުދީން ދޭ މި ކަދުރު އެންމެކުރިން ވެސް ބަހަމުން ދިޔައީ ރާއްޖޭގެ ކޮންމެ ގޭބިސީއަކަަށެވެ. ނަމަވެސް މި ފަހަކަށް އައިސް ކަދުރު ބަހަނީ ފަގީރުންގެ ދަފްތަރުގައި ތިބޭ މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން