ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ވީޑިއޯ އާންމުކޮށް ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ކުރި ޓުވީޓެއްގައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަމުން އަންނަކަމަށެވެ. އެމީހާ ހޯދުމަށް ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ސައިކަލެއްގައި އެހެން މީހަކާއިއެކު އޭނާ އިންނަ މަންޒަރު ފެނެއެވެ. އަދި އެއީކާކުން އެގޭވަރަށް ވީޑިއޯއިން މީހާ ފެނެއެވެ.



އެހެންނަމަވެސް އެމީހާ ހޯދަމުން އަންނަނީ ކޮންމައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން