އަހުޒަމް އަޙްމަދު   8 އޭޕްރީލު 2024 - 12:30
އުމްރާގެ އަޅުކަމަށް މި ރޯދަ މަހު ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ރައުޟާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ އަންހެނެކެވެ. އެއީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް، 74، އެވެ.

އޭނާ ނިޔާވީ އިއްޔެ މެންދުރު އެވެ.

ރައުޟާ ގްރޫޕުން ބުނީ އޭނާ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ގްރޫޕްގެ ހަވާލުގައި އުމްރާ ކުރި ކަމަށެވެ.

މިއީ މި ރޯދަ މަހު އުމްރާއަށް ދިޔަ ދިވެހީންގެ ތެރެއިން ނިޔާވި ދެވަނަ ދިވެހި މީހާ އެވެ.

މި މަހުގެ ފަހުކޮޅު ނިޔާވީ ޒަމް ޒަމް ހަޖް އެންޑް އުމްރާ ޓްރެވަލް ގުރޫޕުގެ ހަވާލުގައި ދިޔަ ހއ. ދިއްދޫ/ އޮސާކާ، އިބްރާހީމް ރަޝީދެވެ. އޭނާ ނިޔާވީ ކެންސަރު ބަލީގަ އެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކޮރަކަލި

08-Apr-2024

މައިޔިތާއަށް ސުވަރުގޭގެ މަތިވެރި ނިއުމަށް މިންވަރުކުރައްވާށި އާއިލާއަށް ކެއްތެރިކަން ދެއްވާށި أمين يارب العآلمين 🤲



ޓްރެންޑިން