ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު ޒަކާތް ބަހަން ފަށައިފިއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބުނު ޒަކާތް ބެހުން މާލޭގައި ކުރިއަށްދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައިކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.
ޒަކާތު ހައުސް އިން ބުނީ ހޯމަ އަދި އަންގާރަ ދުވަހު ގޮވާމުގެ ބާވަތްތަކުން ޒަކާތްބެހުން ކުރިއަށް ދާނެ ކަމަށެވެ. ހޯމަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ 11އިން ހަވީރު 4އަށް އަދި ރޭގަނޑު 20:30ން 22:30އަށެވެ. އަންގާރަ ދުވަހު ޒަކާތް ބެހުން ކުރިއަށް ދާނީ ހެނދުނު 11އިން ހަވީރު 15:30އަށެވެ. އަދި އެ ރޭގެ ރޭގަނޑު 20:30ން 22:30އަށް ވެސް ޒަކާތް ބެހުން ކުރިއަށް ދާނެއެވެ.
ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުންވެސް ކުރިއަށް ދަނީ އަމީނިއްޔާ ސްކޫލްގެ ހޯލުގައި ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 13:00 އިން 16:00 އަށެވެ.
އޭގެ އިތުރުން ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދީފައިވެއެވެ.
ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ތައިލެންޑް ހަނޑޫ، އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ. ގޮވާމުން ފިޠުރު ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މަގުންނެވެ.

ކިޔުންތެރިންގެ ހިޔާލު