ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ހައުސްގެ މަޤާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދުނާން އައްޔަނުކުރައްވައިފިއެވެ.

މިމަޤާމަށް ޢިއްޒައްދީން އައްޔަނުކުރެއްވީ ރޭ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޢިއްޒައްދީންއަކީ 2008 ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްޓްރީގައި އެކިއެކި މަޤާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޢިއްޒައްދީން އެންމެ ފަހުން ފުރުއްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ މުސާޢިދު ވާޢިޒުގެ މަޤާމެވެ.

ފަޟީލަތުއްޝައިޚް ޢިއްޒުއްދީން މަތީތަޢުލީމް ޙާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރަށްވަމުންނެވެ.

ޢިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓަރ އޮފް ޝަރީޢާ ކޯސް ފުރިހަމަ ކުރަށްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ.

އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން