ދަޢުލަތުގެ އިދާރާތަކުން މައުލޫމާތު ލިބުން ދަތިވެގެން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 139 މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް، އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.
އިންފޮމޭޝަން ކޮމިޝަންގެ ބައެއް ތަފާސް ހިސާބުތައް މީސްމީޑީއާގައި ޙިއްސާ ކުރަށްވަމުން އާހިދު ވިދާޅުވީ އިދާރާތަކުން މައުލޫމާތު ނުދީގެން އައިކޮމް އަށް ހުށަހެޅި 139 މައްސަލައިގެ ތެރެއިން 90 އިންސައްތަ ހުށައެޅުމަށް އެ އިދާރާތަކުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 58 އިންސައްތައިގެ އިތުރުވުމެއް ކަމަށްވެސް އާހިދު ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ ހަމަ މި މުއްދަތުގެ ތެރޭގައި އާރް.ޓީ.އައި ގެ ގޮތުގައި 581 ރިކުއެސްޓު މަހޯލި ޕޯޓަލް މެދުވެރިކޮށް އެކި ފަރާތްތަކުން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އިދާރަތަކުން ބަލައިގަނެފައިވަނީ އެންމެ 48 އިންސައްތަ އާރްޓީއައި ކަމަށެވެ.
މި ރިކުއެސްޓުތަކުގެ ތެރެއިން އެންމެ ގިނަ އާރްޓީއައި ހުށަހަޅާފައިވަނީ ރައީސް އޮފީހުން މައުލޫމާތު ސާފުކުރުމަށް ކަމަށާއި، އެއީ 69 ރިކުއެސްޓު ކަމަށް އާހިދު ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 42 ރިކުއެސްޓު ރައީސް އޮފީހުން ބަލައިގެންފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ އާރްޓީއައިގެ ގޮތުގައި ހުށަހަޅާފައިވާ ރިކުއެސްޓުތަކުގެ ތެރެއިން 12 އިންސައްތަ އަށް ވުރެ ގިނަ ރިކުއެސްޓު ކޭސްތަކުގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.
އޭގެއިތުރުން މަހޯލި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް ޖަވާބުދާރީވުމަށް ގިނަ އަދަދެއްގެ އިދާރާތަކުން ފެއިލްވެފައިވާ ކަމަށްވެސް އާހިދު ވަނީ ވިދާޅުވެފައެވެ.

2024 first quarter stats:
— ahid rasheed (@aahidrasheed) April 8, 2024
- @icom_mv received 139 cases during the first 3 months of 2024. This is a 58% increase from the same period last year
- almost 90% of cases submitted to ICOM during this period were complaints of public authorities not responding at all to RTI requests
އާހިދު ވިދާޅުވީ އާރްޓީއައިގެ ގޮތުގައި ހުށަހަޅާފައިވާ ރިކުއެސްޓުތަކުގެ ތެރެއިން 12 އިންސައްތަ އަށް ވުރެ ގިނަ ރިކުއެސްޓު ކޭސްތަކުގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.
އޭގެއިތުރުން މަހޯލި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް ޖަވާބުދާރީވުމަށް ގިނަ އަދަދެއްގެ އިދާރާތަކުން ފެއިލްވެފައިވާ ކަމަށްވެސް އާހިދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު