މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތު އަތުލައިގެންފައިވާ ކަމަށް ދިވެހި ކަސްޓަމުން ހާމަކޮށްފި އެވެ.

ކަސްޓަމުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަަމަ ތިން މަސް ދުވަހު 13.9 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ސިންތެޓިކް ޑްރަގްސް އެވެ. އެއީ 6.5 ކިލޯ އެވެ.

ދެން އެންމެ ގިނައިން އަތުލައިގެންފައި ވަނީ ހެރޮއިން އެވެ. އެއީ 5.3 ކިލޯ އެވެ.

ދެން ހިމެނެނީ 1.1 ކިލޯގެ އެމްޑީއެމްއޭ އަދި 570 ގްރާމުގެ މެތު އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު މަސްތުވާތަކެތި އަތުލައިގަތުމަށް އުސޫލުތައް ދަނީ ހަރުދަނާ ކުރަމުން ނެވެ. އަދި ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ޑްރޯން ވަނީ ބޭނުންކުރަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން