ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ވަހީދަށް އިތުރު ފިޔަވަޅެއް އެޅޭނީ އިތުރު ހެކިތައް ލިބި ދައުވާ ކުރެވޭ ހިސާބަށް ދިއުމުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

މަޖިލިސް އިންތިހާބުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވިފައިވާ މީހަކު ވާދަކުރާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ކާށީދު ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފަދަ ބޭފުޅުންގެ ޓިކެޓް ވެސް އެމްޑީޕީން އަތުލިއިރު އަލީ ވަހީދުގެ ޓިކެޓް އަތުނުލާތީ ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ. މިފާޑުކިއުންތަކުގެ އަޑު އެހާ ގަދަވީ އަލީވަހީދު ޖިންސީ ފުރައްސާރަކޮށް ރޭޕް ކުރި ކަމަށް ބުނެ ދީފައިވާ ބަޔާންތަކެއް މީސް މީޑިއާގައި ލީކުކޮށްލުމުންނެވެ.

ރޭ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ސުވާލު އަމާޒުވި އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ޖާބިރާއި އަލީ ވަހީދުގެ ކޭސް ތަފާތު ކަމަށެވެ.

އަދި އަލީ ވަހީދުގެ މައްޗަށް ކުރަމުންދަނީ ހަމައެކަނި ތުހުމަތުތަކެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

"މިސާލަކަށް އެ މައްސަލައިގަ އިތުރު ހެއްކެއް ހޯދި ތަހުޤީޤީ އިދާރާތަކުން އެ މައްސަލަ އިތުރަށް ތަހުޤީޤުކުރަން ނިންމާ، ތަހުޤީޤުކޮށް ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ފެންމަތިވެގެން އަތުވެއްޖެ ހާލަތެއްގައި ދެން މި ޕާޓީން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ." އީސަ ވިދާޅުވިއެވެ.

އީސަ އެފަދައިން ވިދާޅުވި އިރު އަލީ ވަހީދުގެ މައްސަލަ ކޯޓުގައި އޮއްވައި އޭނާ ރާއްޖެއިން ފުރުވާލީ ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ރާވައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އެ މައްސަލަ ފެންމަތިވި ދުވަސްވަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރި މީހުންގެ ވާހަކަތައް އަޑު އިވިވަޑައިގަތުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކީރިތި ވެސް ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން