ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތު ލިއުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އެ މުބާރާތް އިންތިޒާމް ކުރަނީ ދިވެހި ބަހުގެ އެކެޑަމީއިންނެވެ.

އެ މުބާރާތުގައި ސަރުކާރުގެ އިދާރާތަކުގް އިތުރުން މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުވައްޒަފުންނަށް ބައިވެރިވެވޭނެ އެވެ.

ބަހުގެ އެކެޑަމީން އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި އެ މުބާރާތުގައި ބައިވެރިވެވޭނީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ކޮންމެ އޮފީހަކުން ވެސް ފަސް މުވައްޒަފަކަށް ބައިވެރިވެވޭނެ ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.

އެ މުބާރާތް ކުރިއަށް ގެންދާާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށް ވެސް އެކެޑެމީން ބުނެެއެވެ. އެއީ ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައެވެ.

އެންމެ ފަހުން ބޭއްވި އަތުލިއުމުގެ މުބާރާތަށް ވެސް ހޫނު ތަރުހީބެއް ލިބުނުއިރު އެ ފަހަރު 300 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން