މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިމަކުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ހިއްކަން ފަށާފައިވާ ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީން ބުނީ ބިންހިއްކުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާއިރު، އެ ސަރަހައްދުގައި އަޅާފައިހުރި ބައެއް އުޅަނދުތައް އަދިވެސް ނުނަގާ ހުރުމުން، ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ އުޅަނދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނާއި މެރިން ޕޮލިސް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އެކުލަވާލެވިފައިވާ ޗާޓުގައި ފެހި ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.



އެޗަޑީސީން ވަނީ ބިންހިއްކުމުގެ މަސައްކަތަށް ދަތިވާތީ، އެ ސަރަހައްދުގެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް މީގެ ކުރިން އަންގާފައެވެ.

އަދި އުޅަނަދުތައް ނެގުމަށް އެ ކޯޕަރޭޝަނުން ކުރި އިއުލާނާ ގުޅިގެން ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، އެ ސަރަހައްދުގައި އަޅާފައި ހުރި ގިނަ އުޅަނދުތައް ނަގާ އެހެން ސަރަހައްދުތަކަށް ބަދަލު ކޮށްފައިވާކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތުގައި އާއްމު ރައްޔިތުންނާއި އުޅަނދުތައް ބަލަހައްޓާ ފަރާތްތަކުން ދެއްވާ އެއްބާރުލުން އެޗްޑީސީން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން