ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުވެގެން ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގިފައި ވަނީ މިއަދެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ މިއަދު ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވެ، ޓެސްޓު ކުރުމުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދީފައިވެއެވެ. އޭނާ ކަރަންޓީނު ވެގެން ހުރީ އާއިލާގެ އިތުރު ބަޔަކާ އެކުގައި ކަމަށާއި، އޭނާ މިހާރު ވެސް ހުރީ ހޯމް ކަރަންޓީނުގައި ކަމަށް މަޢުލޫމާތުލިބެއެވެ.
އެނގިފައިވާ ގޮތުގައި މިހާރު ދަނީ އޭނާގެ ދެވަނަ ސާމްޕަލެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ފުވައްމުލަކުން މިއަދު ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ވަނީ ކޯވިޑް-19 ފެނި، މިހާރު އެކްޓިވް ކޭސްތައް ހުރި ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކޮށްފައެވެ.
ރާއްޖޭގެ މިހާތަނަށް 4448 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 2693 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ކުރަމުން ދަނީ 1719 މީހަކަށެވެ. އަދި 19 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު