ސިޔާސީ ވާދަވެރިން އުފެދުމަށް ފުރުސަތު ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބިރުފުޅު ގަންނަންޖެހޭ ކަމެއް ނޫން ކަމަށް އެމްޑީޕީ ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، ކުރީގެ ރައީސް ޔާމިން އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާއަށް ފުލުހުން ހުރަސް އަޅާފައިވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި ކުރެއްވި އެކްސްއެއްގައެވެ. އެމްޑީޕީ ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރުން ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަނާއި ޕްރައިވެޓް ސްކޫލްތަކަށް ނުފޫޒު ފޯރުވައި ޔާމީންގެ ޕީއެންއެފް އުފެއްދުމަށް ހުރަސް އަޅަމުންދާ ކަމަށެވެެ. އޭނާ ވިދާޅުވީ ސިޔާސީ ވާދަވެރިން އުފެދުމަށް ފުރުސަތު ދިނުމަށް ރައީސް މުއިއްޒު ބިރުފުޅު ގަންނަން ނުޖެހޭ ކަމަށެވެ.

"މިއީ މި ސަރުކާރުގެ އަމަލުތައް ކުރިއަށް އޮތް ތަނުގައި ވެސް ހުންނާނެ ގޮތް. ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވުމަށް ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ވަނުން މަނާކުރީ އެސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަ ނުދޭ އެއްވުމެއް ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން، އެކަން ތަންފީޒު ކޮށްދިނުމަށް އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ. އަދި އެ އެކަން ތަންފީޒުކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ، އެސްކޫލުގައި މިވަގުތު ކުރިއަށްދާ އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވަނީ ޣިޔާސުއްދީން ސްކޫލުގެ ގޭޓު ބަންދުކޮށް ބައިވެރިން އެތެރެއަށް ދިއުމަށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށް ޕެޕަސްޕްރޭ ވެސް ޖަހާފަ އެވެ.

ޖަލްސާއަށް ހުރަސްއެޅުމުން އެ ސަރަހައްދަށް އެއްވެ ތިބި އެ ޕާޓީގެ ސަޕޯޓަރުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ހުރަސް އެޅުންތަކާއެކު ވެސް ޢިޔާސުއްދީނު ސުކޫލުގައި ޖަލްސާ ފެށުމަށްފަހު އިލެކްޝަން ކޮމިޝަންގެ މަންދޫބުން އެ ޖަލްސާއަށް ވަނުމަަށް ހުރަސްއަޅާތީ ކަމަށް ބުނެ ނިއު ޕޯޓް ސަރަހައްދަށް ޖަލްސާ މިހާރު ވަނީ ބަދަލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން